tenders.watch
Closed Health

Procurement of complete cooling fans for the cooling tower of IGM Hospital

Agency
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
Market
Maldives
Reference
137-IU/PR/2026/119
Category
ގަންނަން ބޭނުންވާ ތަކެތި
Published
23 Aug 2026
Closes
30 Aug 2026, 06:00 add to calendar

Description

ބީލަން ހުށަހެޅުމުގެ ދައުވަތު އިޢުލާން ނަމްބަރ: 137-IU/PR/2026/119 ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-44 ޕްރޮޖެކްޓްގެ ނަން: އައިޖީއެމް ހޮސްޕިޓަލުގެ ކޫލިންގ ޓަވަރަށް ބޭނުންވާ ކޮމްޕްލީޓް ކޫލިންގ ފޭންސެޓް ހޯދުން އައިޖީއެމް ހޮސްޕިޓަލުގެ ކޫލިންގ ޓަވަރަށް ބޭނުންވާ ކޮމްޕްލީޓް ކޫލިންގ ފޭންސެޓް (Cooling Tower- Fan set) ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް 09 އޮގަސްޓް 2026ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2026/107 އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިއުލާނު ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިއިއުލާނާއެކު ސަޕްލައިކުރުމަށް ބޭނުންވާ ތަކެތީގެ ބީއޯކިއު ހިމަނާފައިވާނެއެވެ. ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ ބީއޯކިއު އާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ. ކޯޓޭޝަން ހުށަހެޅުމުގައި މި ކަރުދާހާއެކު އެއްކަރުދާސްކުރެވިފައިވާ ޝީޓްގައިވާ ތަކެއްޗަށް އަގު ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ. ކޯޓޭޝަން ހުށަހަޅާއިރު އިއުލާންގައި ބަޔާންކޮށްފައިވާ އައިޓަމްގެ އަދަދަށް އަގު ހުށެހެޅުމަށް ސަމާލުކަން ދޭންވާނެއެވެ. ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަކީ އައު އިކުއިޕްމެންޓެއްކަން އިގޭނެ މެނުފެކްޗަރގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ސަޕްލައިކުރާ ތަކެއްޗަށް ސްޓޭންޑަރޑް ވޮރެންޓީ އެއް ދޭންވާނެއެވެ. ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ. ސަޕްލައިކުރުމަށް ކޯޓޭޝަންގައި ހުށަހަޅާފައިވާ މުދާ ސަޕްލައިކުރެވޭނެ މުއްދަތު ކޯޓޭޝަންގައި ބަޔާންކުރަންވާނެއެވެ. މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު މި މުއައްސަސާއަށް ލިބިގެންވެއެވެ. ހުށަހަޅަންޖެހޭ ތަކެތި ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ) އިއުލާނުކުރި ތާރީހާ ހަމައަށް 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއް ނިންމާފައިވާކަމުގެ މަދުވެގެން 1 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ. އަގު ހުށަހަޅާފައިވާ ފަރާތްތަކަށް މާރކްސް ދެވޭނެ އުސޫލު. # ކެޓެގަރީ މާރކްސް މާރކްސް ދެވޭ އުސޫލު 1 އަގު 90 އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް މުއްދަތު 10 އެންމެ ކުޑަ މުއްދަތެއް ހުށަހަޅާ ފަރާތަކަށް ބީލަން ހުށަހަޅާނެގޮތް ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް އައިޖީއެމް ހޮސްޕިޓަލުގެ ކޫލިންގ ޓަވަރަށް ބޭނުންވާ ކޮމްޕްލީޓް ކޫލިންގ ފޭންސެޓް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ. ބީލަން ހުށަހެޅުން ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 30 އޮގަސްޓް 2026 ވަނަ ދުވަހުގެ 11:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. ހުށަހަޅާ އަގު/ކޯޓޭޝަން ފިޔަވާ އެހެން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ސޮފްޓް ކޮޕީގެ (ޕީޑީއެފް ފައިލް) ގޮތުގައެވެ. އަގު/ކޯޓޭޝަން ހުށަހަޅަންވާނީ މަތީގައި ބަޔާންކޮށްފައިވާގޮތަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް 1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން. 2- ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން. 3- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން) 4- ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން. މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ. ނޯޓު: ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ. https://www.igmh.gov.mv/publications/tenders/ މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ ފޯނު: +960 3335349 ، +960 3335254 އީމެއިލް [email protected] ކޮޕީ: [email protected] [email protected] 10 ރަބީއުލް އާހިރު 1448 23 އޮގަސްޓް 2026

Source

Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.

Open the original notice

Last changed 1 week ago. When this source last ran.