Open for bids
Multiple Indicator Cluster Survey (MIX) fieldwork requires a short- and rainy harvest
- Agency
- މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
- Market
- Maldives
- Reference
- (IUL)23-PD(PMS)/23/2026/829
- Category
- ގަންނަން ބޭނުންވާ ތަކެތި
- Published
- 8 Oct 2026
- Closes
- 18 Oct 2026, 08:00 add to calendar
Description
އިޢުލާން މަލްޓިޕަލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭގެ (މިކްސް) ފީލްޑް ވަރކްގައި ބޭނުންވާ ކުޑައާއި ވިއްސާރަ ކޯޓް ހޯދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2026/261 (19 އޮގަސްޓް 2026) އިއުލާނަށް ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށްވެފައި އެފަރާތުން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގުތައް ބޮޑުވާތީ އެޢިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 08 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 18 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 27 ރަބީޢުލް ޢާޙިރު 1448ހ.
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 2 days ago. When this source last ran.