Closed
Ict
Supply of certain software licenses required for this ministry.
- Agency
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
- Market
- Maldives
- Reference
- (IUL)13-E/13/2026/184
- Category
- ގަންނަން ބޭނުންވާ ތަކެތި
- Published
- 21 Sep 2026
- Closes
- 24 Sep 2026, 08:30 add to calendar
Description
މި ވުޒާރާގެ ނަންބަރު (IUL)13-E/13/2026/152 (17 އޮގަސްޓް 2026) އަދި (IUL)13-E/13/2026/158 (24 އޮގަސްޓް 2026) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. މި ވުޒާރާއަށް ބޭނުންވާ ސޮފްޓްވެއަރ ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް / ޓީ.އޯ.އާރ (TOR) އަށް ބަދަލުތަކެއް ގެނެވިފައިވާތީ، އިޢުލާން އަލުން ގެޒެޓްކޮށް، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އެހެންކަމުން، އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު ތިރީގައިވާ ގޮތަށް ބަދަލު ގެނެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުން: 24 ސެޕްޓެމްބަރ 2026، 13:30 އަށް ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 1 week ago. When this source last ran.