Open for bids
Health
Procurement of Equipment and Accessories Required for the Cathlab of Darumavantha Hospital
- Agency
- އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
- Market
- Maldives
- Reference
- 137-IU/PR/2026/149
- Category
- ގަންނަން ބޭނުންވާ ތަކެތި
- Published
- 7 Oct 2026
- Closes
- 18 Oct 2026, 08:00 add to calendar
Description
ބީލަން ހުށަހެޅުމުގެ ދައުވަތު އިޢުލާން ނަމްބަރ: 137-IU/PR/2026/149 ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-07 ޕްރޮޖެކްޓްގެ ނަން: ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތުލެބް އަށް ބޭނުން އިކުއިޕްމަންޓް އަދި އެކްސަސަރީޒް ހޯދުން ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތުލެބް އަށް ތިރީގައި ބަޔާންކޮށްފައިވާ އައިޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. Quantity Item Details 36 Nos Lead Free Light Weight Aprons- 0.5mm Pb Equivalent Aprons 36 Nos Magnetic Thyroid Collars 15 Nos Leaded Eyewear Sets 03 Nos Mobile Apron Racks 03 Nos Wall Mounted Apron Racks ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް ކޯޓޭޝަން ހުށަހަޅަންވާނީ ކޮންމެ އައިޓަމަކަށް ވަކިން، އަދި ޖުމްލަ އަގު ވަކިން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ. ސަޕްލައިކުރުމަށް ކޯޓޭޝަންގައި ހުށަހަޅާފައިވާ މުދާ ސަޕްލައިކުރެވޭނެ މުއްދަތު ކޯޓޭޝަންގައި ބަޔާންކުރަންވާނެއެވެ. މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު މި މުއައްސަސާއަށް ލިބިގެންވެއެވެ. ހުށަހަޅަންޖެހޭ ތަކެތި ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ) އިއުލާނުކުރި ތާރީހާ ހަމައަށް 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއް ) މެޑިކަލް މެޝިނަރީ / އިކްއިޕްމަންޓް ފަދަ ތަކެތި ސަޕްލައިކުރުމުގެ( މަސައްކަތްތައް ނިންމާފައިވާކަމުގެ މަދުވެގެން 1 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ. އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭނުންވާ ރިކްއަރމެންޓް ފުރިހމަވާ އައިޓަމްތަކުން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން. # ކެޓެގަރީ މާރކްސް މާރކްސް ދެވޭ އުސޫލު 1 އަގު 100 އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ބީލަން ހުށަހަޅާނެގޮތް ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތުލެބް އަށް ބޭނުންވާ އިކްއިޕްމެންޓް އަދި އެކްސަސަރީޒް ސަޕްލައިކުރުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ. ހުށަހަޅާ އަގު/ކޯޓޭޝަން ފިޔަވާ އެހެން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ސޮފްޓް ކޮޕީގެ (ޕީޑީއެފް ފައިލް) ގޮތުގައެވެ. އަގު/ކޯޓޭޝަން ހުށަހަޅަންވާނީ މަތީގައި ބަޔާންކޮށްފައިވާގޮތަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުށަހެޅުން ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 18 އޮކްޓޫބަރ 2026ގެ 13:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް 1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން. 2- ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން. 3- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން) 4- ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން. މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ. ނޯޓު: މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ ފޯނު: +960 3335349 ، +960 3335254 އީމެއިލް [email protected] ކޮޕީ: [email protected] [email protected] 26 ރަބީއުލް އާހިރާ 1448 07 އޮކްޓޫބަރ 2026
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 3 days ago. When this source last ran.