Closed
Water
The council office requires the purchase of 18 water filters for installation and handover to the GBCs of K. Mafushi.
- Agency
- މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
- Market
- Maldives
- Reference
- (IUL)337/337/2023/37
- Category
- ގަންނަން ބޭނުންވާ ތަކެތި
- Published
- 12 Mar 2023
- Closes
- 20 Mar 2023, 07:00 add to calendar
Description
(IUL)337/337/2023/37 ނަންބަރ އިޢުލާން ކ. މާފުށީގެ ގޭބީސީތަކަށް ފެންފިލްޓަރު އިންސްޓޯލްމަންޓަށް ދޫކުރުމަށްޓަކައި މި ކައުންސިލްގެ އިދާރާއަށް 18 ފެންފިލްޓަރ ގަންނަން ބޭނުންވެއްޖެ މި އިދާރާގެ ނަންބަރު : (IUL)337/337/2023/30 (28 ފެބްރުވަރީ 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިއީ މިކަމާއި ގުޅިގެން ކުރެވޭ ދެވަނަ އިޢުލާނެވެ. 2023 ވަނަ އަހަރުގެ ކައުންސިލްގެ 3 ވަނަ ޢާންމު ޖަލްސާއިން ނިންމާ ޢާންމުކޮށްފައިވާ ގޮތުގެމަތިން ރަށުގެ ގޭބީސީތަކަށް އިންސްޓޯލްމަންޓް އުސޫލުން ފެންފިލްޓަރ ދޫކުރުމަށް މިކައުންސިލުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ސްޕެސިފިލޭޝަނާއި އެއްގޮތް ނުވަތަ އެއާއި އެއްފެންވަރުގެ 18 ފެން ފިލްޓަރ ގަންނަން ބޭނުންވެއްޖެއެވެ. އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ، ފެންފިލްޓަރތައް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންއެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް [email protected] އަށް މައުލޫމާތު ފޮނުވައިގެން ނުވަތަ ލިޔުމަކުން ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ މެއިލް ނުވަތަ ލިޔުމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު: - އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް) - ކުންފުނީގެ ނަން - ގުޅޭނެ ފޯނު ނަންބަރު - އީމެއިލް އެޑްރެސް - މެއިލް ފޮނުވާ ފަރާތުގެ ނަން ބީލަން ރަޖިސްޓްރީ ކުރުން: 20 މާރިޗު 2023 ވަނަ ދުވަހުގެ 12:00 ގެކުރިން އަންދާސީ ހިސާބު ހުށަހެޅުން: 20 މާރިޗު 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 12 މާރިޗު 2023
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 1 week ago. When this source last ran.