Closed
Tender for supply and installation of air conditioners for the Maldives Digital Services is sought.
- Agency
- މޯލްޑިވްސް ޑިޖިޓަލް ސަރވިސް
- Market
- Maldives
- Reference
- (IUL)1137-PR/1/2026/64
- Category
- ގަންނަން ބޭނުންވާ ތަކެތި
- Published
- 21 Sep 2026
- Closes
- 30 Sep 2026, 05:00 add to calendar
Description
ބީލަން ހުށަހެޅުމުގެ ދަޢުވަތު މޯލްޑިވްސް ޑިޖިޓަލް ސަރވިސްއަށް އެއަރަކޮންޑިޝަނަރ ސަޕްލައިކޮށް އިންސްޓޯލް ކޮއްދޭނެފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ. މިމަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްކަރުދާސްކުރެވިފައިވާނެއެވެ. ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހަޅާނީ 2026 ސެޕްޓެމްބަރ 30 ވާ ބުދަ ދުވަހު ގެ 10:00ގެ ކުރިން މޯލްޑިވްސް ޑިޖިޓަލް ސާރވިސްގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2026 ސެޕްޓެމްބަރ 30 ވާ ބުދަ ދުވަހުގެ 10:10ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރުން މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2026 ސެޕްޓެމްބަރ 23 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިއިދާރާގެ ވެބްސައިޓް www.mds.gov.mv ގައި 2026 ސެޕްޓެމަބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ޝާޢިއުކުރެވޭނެއެވެ. އީމެއިލް އެޑްރެސް: [email protected] ނޯޓް: ސިޓީއުރައިގެ ބޭރުގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ. ބީލަމުގެ ނަން: އިޢުލާނު ނަންބަރު: ބީލަން ހުށަހަޅާ ފަރާތުގެ ނަން:
Source
Collected from gazette_mv. Documents, clarifications and the authoritative wording stay on the issuing portal — this page never hosts them.
Open the original noticeLast changed 1 week ago. When this source last ran.